މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕާކިންގ ޒޯނަކާއި، ޕޯސްޓެއް ހެދުމާބެހޭ

ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ބިމުގައި ޕާކިންގ ޒޯނަކާއި، ޕޯސްޓެއް ހެދުމާބެހޭ:

ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ބިމުގައި ޕާކިންގ ޒޯނަކާއި ޕޯސްޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 09 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/105) އާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގުތަކެއް ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ