ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލެންޖާ ގުޅޭ.
މި މިނިސްޓްރީގެ ނަންބަރު: IUL)138-IMS1/138/2015/19)ފ(22 އެޕްރީލް 2015) ގައި ކޮށްފައިވާ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީގެ ފަރާތުން 28-30 މޭ 2015 އަށް ބާއްވާ ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލެންޖްގެ އިވެންޓް ރާވައި ހިންގާނެ ބަޔަކު ހޯދަން ބޭނުންވެއެވެ. މި އިވެންޓް ރާވައި ހިންގާ ފަރާތަކުން ދެދުވަހުގެ ކޭޓްރިންގއާއި މި މިނިސްޓްރީން ދެއްވާ އިރުޝާދާ އެއްގޮތަށް އެގްޒިބިޓްސް ޑިސްޕްލޭ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތުޝީޓު މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި މިނސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން އޮންނާނެއެވެ.
ތާރީޚު |
ވަގުތު |
ތަފުސީލު |
11 މޭ 2015 ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރުން |
14 މޭ 2015 ބުރާސްފަތި |
11:00 |
އަގު ހުށަހެޅުއްވުން. |
14 ރަޖަބު 1436