ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                       އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:                 އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:            ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:                  ދާއިމީ

މަސައްކަތްކުރާ ތަން:               ގދ. ގައްދޫ ކައުންސިލްގެ އިދާރާ

މަސައްކަތްކުރާ ޔުނިޓް:              އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ މުސާރަ:                 -/7035 ރުފިޔާ

ސަރވިސް އެލަވަންސް:              2000.00 ރުފިޔާ

ބޭނުންވާ އަދަދު:                1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  5. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމުގެ މަސްޢޫލިއްޔަތު:

1. ކައުންސިލްގެ އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން ހިންގުމާބެހޭ އެންމެހައި ކަންތައްތައް ޤަވާއިދާ އެއްގޮތްވާގޮތުގެމަތީންނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދާ ޚިލާފުނުވާގޮތުގެމަތީން ކައުންސިލާއި ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއެކު ރައްޔިތުންނަށް އެންމެ ފައިދާއާއި މަޞްލަޙަތުހުރިގޮތެއްގެމަތިން ނަޒާހަތްތެރިކަމާއެކު ރާވާ ހިންގުމާއި، ރަށު ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތާއި އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީގެ ކަންކަން ހިންގައި ބެލެހެއްޓުން.

2. ރަށު ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުމާއި، ސްޕަވައިޒަރުންގެ މަސައްކަތް ބަލައި، ކައުންސިލަށާއި ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.

3. ކައުންސިލްގެ އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގެ މަސއްކަތްތައް ބެލެހެއްޓުމާއި، ކައުންސިލް ކުރިއެރުވުމަށް ރާއްވަވާ ޕްރޮޖެކްޓްތަކާއި ޕްލޭންތައް އެކަށައެޅުމަށް އެހީތެރިވެދިނުން.

4. އިޤްތިޞާދީ، އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅުފަޅާއި އަދި އެނޫންވެސް ވަސީލަތްތައް ހޯދުމާއި، އެފަދަ ތަންތަން ކައުންސިލްގެ ނަމުގައި މިލްކުކުރުމާބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

5. ސަރުކާރުގެ އެކި މުވައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ހަލުވިކަމާއެކު ފޯރުވައިދިނުމަށް އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާ ނުކުރާގޮތް ބަލައި، އެކަށީގެންވާ އަވަސް ފުރުސަތެއްގައި ޖަވާބުދާރީވުން.

6. ހުކުރުނަމާދާއި، އީދުނަމާދާއި ކޭތަނަމާދާއި، ކަށުނަމާދަށް އިމާމުން ހަމަޖެއްސުމާއި، ޖާމާޢަތްތެރިކަމާ ގުޅޭ އެންމެހައި ކަންތައްތައް، އެކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިއުން.

7. ކައުންސިލުން އަންގަވާގޮތެއްގެމަތިން މިސްކިތްތަކުގެ މަރާމާތުގެ ކަންތައްތަކާއި ޢާއްމު ޞިއްޙަތާ ގުޅުންހުރި ކަންތައްތައް އެކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިއުން.

8. ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

9. މީގެއިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލުގެ ރައީސް/ ޒިންމާދާރު ވެރިޔާ ހަވާލުކުރާ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެތަނާއި މުއްދަތު.

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަތީގައި ބަޔާންކުރެވިފައިވާ މަޤާމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މެއި 28 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އުޖޫރައާއި ޢިނާޔަތްޔައް:

1. މުސާރ: މަހަކު -/7035 ރުފިޔާ.

2. ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

3. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކައުންސިލް އިދާރާގެ ކައުންޓަރުން މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެނަވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6840003 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6840013 އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 15 ރަޖަބު 1436

04 މޭ 2015
ހޯދާ