ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރެޖިސްޓްރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ރެޖިސްޓްރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު، ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި، މަދުވެގެން 2 އަހަރު ދުވަހުގެ، މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި ސިސްޓަމް ޑިޒައިންކުރުމާއި، ބެކަޕް މަސައްކަތްކުރުން ކަށަވަރުކުރުމާއި، ޑޮކިޔުމެންޓްކުރުމާއި، އަޕްޑޭޓް ކުރުން ހިމެނެއެވެ.
  2. ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސްއެއްގެގޮތުން ޚިދުމަތްކުރުން.
  3. ކޯސްތަކާއި އެކަޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ޤަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތުގެ ތެރޭގައި، ދަރިވަރުންގެ އެކަޑެމިކް ސްޓޭންޑިންގ ބެލުމާއި، ދަރިވަރުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޓާމުން އަނެއް ޓާމަށް ދަރިވަރުން ކުރިއަށްޖެއްސުން ހިމެނެއެވެ.
  4. ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ތަމްރީންކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ފެންވަރު ވަޒަންކުރުމާއި، އެކަމާ ގުޅިގެން ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުމުގައި ރެޖިސްޓްރާރގެ އިރުޝާދުގެދަށުން ޢަމަލުކުރުން. މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދްމަތް ނެރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ރޫޙު މަތިކޮށް ހިތްވަރުދިނުމަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
  5. އެކަޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސްކުރުމާއި، ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި، ޚާއްޞަ ޕްރޮގްރާމްތަކާބެހޭ ސަނަދުތައް ތައްޔާރުކުރުމާއި، ތަފާސްހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވައިލުން.
  6. ދަރިވަރުންގެ ގްރޭޑްތަކާބެހޭގޮތުން މަޢުލޫމާތު އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުރުމާއި ޖަވާބުދާރީވުން.
  7. ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ ޢުސޫލުތައް އެކުލަވާލައި، އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް، މިބައިތައް ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  8. ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤްޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ، މިކަންކަން ހާސިލުކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވާލައި ހިންގުން.
  9. އާ ޕްރޮގްރާމްތަކާއި، މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި، ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގައި ޖަލްސާތަކުގައި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން.
  10.  ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި މަސައްކަތު ޢުޞޫލުތައް ކަނޑައަޅާ ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  11. އަހަރީ ބަޖެޓް އެކުލަވައިލުމާއި، ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  12.  ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތަފާސްކުރުމާއި، އަހަރީ ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.
  13. މަޤާމުގެ ހައިސިއްޔަތުން މަތީގައިވާ ކަންތައްތައް ފިޔަވައި ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ގާތްގަނޑަކަށް ކޮންމެ ހޮނިހިރު ދުވަހަކު، މަސައްކަތް ކުރަންޖެހެއެވެ. މީގެ އިތުރަށް، ދަރިވަރުން ވައްދާ ދުވަސްވަރާއި ވަކިވާ ދުވަސްވަރާއި އެހެން ބައެއް ދުވަސްވަރު، އިތުރުގަޑީގައި އާދަކޮށް މަސައްކަތް ކުރަންޖެހެއެވެ. މި ވަޒީފާއަކީ ހަމައެކަނި ހެނދުނު 8 ން ހަވީރު 3 އަށް ރަސްމީގަޑީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ގުޅޭ ވަޒީފާއެއް ނޫނެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓްކުރެވިފައި ނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސްނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ