މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ.އަތޮޅު ކައުންސިލް ޖޫނިއަރ ވޮލީ މުބާރާތާއި ގުޅޭ
މ.އަތޮޅު ކައުންސިލުން އިސް ނަގައިގެން 1 ޖުލައި 2024 ގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ "ޖޫނިއަރ އަތޮޅު ވޮލީ މުބާރާތް 2024" ގައި މިކައުންސިލްގެ ފަރާތުން ނާލާފުށީ ކައުންސިލް ނަމުގައި ޖޫނިއަރ އަންހެން ޓީމެއް ބައިވެރިކުރުވުމަށް ވާނީ ނިންމާފައެވެ.
ވީމާ މި މުބާރާތުގައި ނާލާފުށީ ކައުންސިލްގެ ނަމުގައި ބައިވެރިވާ ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކުން 22 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރެއްވުމަށް މި އިދާރާގެ ސްޕޯޓްސް ކައުންސިލަރ އާމިނަތު ޝާހިޔާ (7220005) އާއި ގުޅުއްވުން އެދެމެވެ.
ނޯޓް: މި މުބާރާތުގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2023 އަށް 20 އަހަރު ނުފުރޭ މ.އަތޮޅުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
13 މޭ 2024
ހޯދާ