ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް، ދ.ކުޑަހުވަދޫން ބިޑްއުޞޫލުން ބިން ކުއްޔަށްދޫކުރުން

ކުޑަހުވަދޫ ލޭންޑްޔޫޒް ޕްލޭންގައި، އޮޑިދޯނިފަހަރު ބަނދެ މަރާމާތު ކުރުމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ސަރަހައްދުން އޮޑިހަރުގެ އެޅުމަށް 3 އަހަރު އަދި 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 2024 މެއި 15 ވަނަ  ދުވަހުން  ފެށިގެން 2024 މެއި 23 ވަނަ ދުވަހުގެ  ނިޔަލަށް  ( ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް) ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. 

ރަޖިސްޓްރޭޝަން ފީ؛ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/200ރ (ދުއިސައްތަރުފިޔާ) އަށެވެ. 

ޕްރީބިޑް މީޓިން؛ 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 2024 މެއި 30 ވަނަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖޫން 11 ވަނަ ދުވަހުގެ 10:00 ށް 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ބިމަކަށް ބިޑް ހުށަހަޅާނީ ވަކިންނެވެ. އެއްބިމައްވުރެ ގިނަ ބިމަށް 1 ފަރާތަކުން ހުށައެޅިދާނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ލިބޭނީ 1 ބިމެވެ. މިނުކުތާގެ މަޤްޞަދަކީ، ގިނަ ފަރާތްތަކަކަށް އޮޑިހަރުގެ ލިބިގެންދިއުމެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  • މިއިދާރާގެ ނަންބަރު: D-381/IUL-2024/24 (19މާރޗް 2024) ގެ އިޢުލާނާއި ގުޅިގެން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، ރަޖިސްޓްރީވާން އެދޭނަމަ، ރަޖިސްޓްރީ ފީ ދައްކާކަށް ނުޖެހޭނެއެވެ.
  • މި އިޢުލާން އާއްމުކުރުމުން މިއިދާރާގެ ނަންބަރު: D-381/IUL-2024/24 (19މާރޗް 2024) ގެ އިޢުލާނާއި، B-381 / I-2020 /  38 (22 ޑިސެމްބަރ 2020) ގެ ބާޠިލްވާނޭކަން އާއްމުކޮށް އަންގަމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

13 މޭ 2024
ހޯދާ