ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ސްޓޭޓްހައުސްގެ ކަރަންޓްވިޔުގަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއިބެހޭ

                                                                          ނަންބަރ: (IUL)241-B/241/2024/20

 

                     

 

ޢިޢުލާން

 

ގއ. ސްޓޭޓްހައުސްގެ ކަރަންޓްވިޔުގަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއިބެހޭ

                       

                     މިއިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. އަތޮޅު ސްޓޭޓްހައުސްގެ ކަރަންޓް ވިޔުގަ އިއާދަކުރަނިވި ހަކަތައަށް  އަމިއްލަތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް  އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

 

ތަފްޞީލް

ތާރީޚް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

23 މެއި  2024

14.00

2

ޕްރީބިޑް މީޓިންގ

29 މެއި  2024

13.00

3

ބިޑް ހުށަހެޅުން

04 ޖޫން  2024

13.00

             މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑަށް ފޮނުއްވުން އެދެމެވެ.

1-  ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

2-  ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

3-  ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ

   މި  މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް    60%
  • ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް   30%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ މިފަދަ މަސައްކަތްތައް ކުރިކަން އަންގައިދޭ   ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވަގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. )                       
  • ހުށަހަޅާ މުއްދަތަށް            10%       

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

05 ޛްލްޙިއްޖާ    1445 ހ. 

13 މެއި       2024 މ.

13 މޭ 2024
ހޯދާ