ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
- މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
- މަޤާމުގެ ރޭންކް: GS3
- ބޭނުންވާ އަދަދު: 1 (އެކެއް)
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލްކޯޓު / މާލެ
- މުސާރަ: 4,465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
- ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
- ލިވިންގ އެލަވަންސް: 2,700.00 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
- ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އާއި، ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ޝަރީޢަތްތަކާ ގުޅުންހުރި އިދާރީ މަސައްކަތް.
ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން:
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
- މަޤާމް: ކޯޓު އޮފިސަރ
- މަޤާމުގެ ރޭންކް: GS 3
- މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
- ބޭނުންވާ އަދަދު: 2 (ދޭއް)
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު/ މާލެ،
- މުސާރަ: 4,465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
- ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
- ލިވިންގ އެލަވަންސް: 2,700.00 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
- ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އާއި، ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ދުވަހުން ދުވަހު ބާއްވާ މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުން.
- ޝަރީއަތަށް ހާޒިރުވާންޖެހޭ މީހުން ހާޒިރުވިތޯ ބަލައި، ޝަރީޢަތަށް މީހުން ވައްދައި ނެރުން.
- ޝަރީޢަތުގެ މަޖިލީހުގައި ނަގާ ބަޔާންތަކުގައި މައްސަލައިގައި ހިމެނޭ މީހުން ލައްވާ ސޮއިކުރުވުމާއި، ރެކޯޑްކުރެވޭ މަޙްޟަރު ބަޔާންތައް ރެކޯޑުން ނަގައި ޓައިޕްކުރުން.
- މައްސަލައިގައި ހަވާލުކުރަން ޖެހޭ ޗިޓުތައް ހަވާލުކޮށް ފައިލްކުރުން.
- ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުމާއި، ސްކޭން ކުރަންޖެހޭ ތަކެތި ސްކޭންކުރުން.
- ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
- މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ
- މަޤާމުގެ ރޭންކް: LS2
- ބޭނުންވާ އަދަދު: 1 (އެކެއް)
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލްކޯޓު / މާލެ
- މުސާރަ: 9,412.00 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
- ސަރވިސް އެލަވަންސް: 3,000.00 ރުފިޔާ (ތިންހާސް ރުފިޔާ)
- ލިވިންގ އެލަވަންސް: 2,700.00 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
- ޖުޑީޝަލް އެލަވަންސްއާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އާއި، ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
- ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން.
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި:
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2015 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމް، ސިވިލް ކޯޓުގެ ވެބްސައިޓުން (www.civilcourt.gov.mvން) ޑައުންލޯޑް ކުރެވޭނެއެވެ.
14 ރަޖަބު 1436