ދިވެހިރާއްޖެ
ހއ ކެލާ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)249-M/249/2024/31 އިޢުލާނާއި ގުޅިގެން އެކަށީގެން އަދަދައް ފަރާތްތަކުން ބައިވެރިވެފައި ނުވާތީ އެ އިޢުލާން ބާތިލްކޮ އަލުން އިޢުލާން ކުރަމެވެ.
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ ކެލާ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ރަޖިސްޓްރީ ކުރުން |
13 މެއި 2024 އިން 18 މެއި 2024 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރުފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ info@kelaa.gov.mv އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
19 މެއި 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]