މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތުގައި ލަކުޑި ޕާޓިޝަނެއް ޖަހައި، އެލްމިނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތް ކުރުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/29)ފ(07 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިއިދާރާގެ އިމާރާތުގައި ލަކުޑި ޕާޓިޝަނެއް ޖަހައި، އެލްމިނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 10:15 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 18 ވާ ހޯމަ ދުވަހުގެ 10:15 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ