ދިވެހިރާއްޖެ
ކޯޓުގެ އިދާރީ ބައިގެ ފާޚާނާ ޖަންގުޝަންތަކާއި އެކު މަރާމާތު ކުރުމުގެ މަސައްކަތާއި ގުޅޭ:-
މިކޯޓުގެ އިދާރީ ބައިގާ ހުރި ފާޚާނާ ޖަންގުޝަންތަކާއެކު މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތައް އެދި ކޯޓޭޝަން ހުށަހެޅޭނީ ނަންބަރ: 18/2014(ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާުންފުނިތަކަށާއި ޤާނޫނު ނަންބަރ: 19/2014)އަމިއްލަ ފަރުދުންގެ ވިޔަފާރި)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.
- ބީލަމުގައި ރަޖިސްޓްރީކުރުން: 14 މެއި 2024 އިން 21 މެއި 2024 އަށް ކޮންމެދުވަހަކު 9:00 އިން 12:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މަޢުލޫމާތު ސާފުކުރުން: 21 މެއި 2024 އަންގާރަ ދުވަހުގެ 13:00 ގައި މިކޯޓުގައި.
- ބީލަން ހުށަހެޅުން: 23 މެއި 2024 ބުރާސްފަތި ދުވަހުގެ 13:00 ގައި މިކޯޓުގައި.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކޯޓު ބައިގެ ފާޚާނާ ނިޒާމު މަރާމާތު ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކޯޓުގެ ފޯން ނަންބަރ 6800542 އަށް ގުޅުއްވުން އެދެމެވެ.