ދިވެހިރާއްޖެ
އިޢުލާން
މި ވުޒާރާ އިން ކުރަމުންދާ މަސައްކަތްތައް ފުރިހަމަކަމާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް އަންނަނިވި ދާއިރާގެ ފަންނީ ޤާބިލް ތަޖުރިބާކާރުން 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޤާމު |
އަދަދު |
މީޑިއާ ކޮންސަލްޓަންޓް |
01 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް[email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3020755 / 3020751
އީ-މެއިލް: jobs@housing.gov.mv