މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް ކޮންސަލްޓެންޓް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

އެޑްމިނިސްޓްރޭޓިވް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

28000.00 ރުފިޔާ.

އިތުރުގަޑި:

މުސާރައިގެ %50

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިޓީ ކައުންސިލްގެ އިދާރީ ހިންގުމުގައި ރަގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  2. ފާހަގަ ކުރެވުނު ފިޔަވަޅުތައް އެޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ބޭނުންވާ ސްޓްރެޓެޖީރައް ރޭވުން
  3. އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ފިޔަވަޅުތައް ތަންފީޒުވެ ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރުން
  4. ސްޓްރެޓެޖީތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ބަދަލުތައް ގެނައުން
  5. މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެގޮތް ރާވައި އެގޮތުގެމަތިން ގެންނަންޖެހޭ ބަދަލުތައް ގެނައުން
  6. އިދާރީ މަސައްކަތްތައް ފަސޭހަވާނެ ގޮތަކަށް ތަނަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ހުށަހެޅުން
  7. ކައުންސިލްގެ ސިޔާސަތުތައް ރޭވުމުގައި ލަފައަށް އެދިއްޖެ ހިނދެއްގައި ލަފައާއި އިރުޝާދުދީ ދެވޭ ލަފައާއި އިރުޝާދުގެ ބުރަދަން ހުރި މިންވަރު ވަޒަންކުރެވޭނެ މޭރުމަކުން ލިއެކިއުން ތައްޔާރުކުރަންޖެހިއްޖެ ހިނދެއްގައި އެލިއެކިއުން ތައްޔާރުކޮށް ހުށަހެޅުން
  8. ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި ހުންނަންޖެހޭ ސްޓްރެޓެޖީއާއި ގުޅޭ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަމެއްގެ ވަގުތުގައި އަޅަމުން ގެންދިއުން
  9. ކައުންސިލްގެ ބަޖެޓާއި ވަސީލަތްތައް އެއްމެ ފައިދާހުރި ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
  10. ނަތީޖާ ވަޒަންކުރުމަށް ބޭނުންވާ އެއްމެހާ ފޯމެޓްތައް ޑިޒައިން ކުރުމުގެ މަސައްކަތް އިސްވެ ބެލެހެއްޓުމާއެކު ވަޒަންކުރުމުގެ މަސައްކަތްތައް ހިންގުން
  11. ސިޓީކައުންސިލްގެ ދާއިރާއިން އެހިނދަކަށް ހަވާލުކުރެވޭ އެއްމެހާ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  12. ކައުންސިލް ބިއުރޯގެ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ކުރުން
  13. ކޯލް ސެންޓަރުގެ އެއްމެހާ މަސައްކަތްތައް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

  1. ބެޗްލަރސް ޑިގްރީ އިން މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މޭ 2024 ގެ 14:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                  04 ޛުލްޤައިދާ 1445
12 މޭ 2024
ހޯދާ