ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ހެޑް އޮފް ސިވިކް އެފެއާރޒް
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރައާއި އިނާޔަތްތައް
|
27,600 - 21,815 ރުފިޔާއާ ދެމެދު
|
ފެންވަރުނުވަތަ ޝަރުތު:
|
- މަޤާމާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ޕްލޭންކުރުމާއި އެކު ރާވާ ހިންގުން.
- ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި ގުޅޭ ތަފާތު މީޑިއާ ޕްރޮގްރާމް ރާވާ ހިންގުން.
- ޕްރޮގްރާމްތައް ރާވާ ހިންގުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ހުށަހެޅުން.
- ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ކާމިޔާބީ ބެލުމަށް ރިޕޯޓް ތައްޔާރުކުރުމާއި ، ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.
- ކުންފުނީގެ ބިޒްނަސް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.
- ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
|
މަސައްކަތުގެ ވަގުތު:
|
މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 16 މޭ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.
|