ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 09 ވަނަ ދުވަހު (15 ޖޫން 2024) ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 1 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ ހުޅުވާލެވިފައެވެ.
އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 30 މެއި 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ފެށިގެން 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޛުލްޤައިދާ 1445