މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ބީލަންވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

                        އިޢުލާން

ބީލަންވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

ދައުލަތުގެ މާލިއްޔަތު ގަވާއިދު ނަންބަރ: 2023/R-158 ގެ 10.19 ("ޝޮޕިންގ" އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުން) މި މާއްދާގެ ދަށުން  ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށާއި މާލިއްޔަތުގެ ގަވައިދުގެ 10.18 އަދި 10.20 ގެ ދަށުން ޢާއްމުކޮށް އިޢުލާނު ނުކޮށް، ބީލަންވެރިންގެ ފަރާތުން ކޯޓޭޝަން ހޯދައިގެން، ކުރަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ޚިދުމަތްތައް މި މިނިސްޓްރީއަށް ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، ވެންޑަރ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި އިޢުލާނުގައިވާ އޮންލައިން ފޯމް ("ވެންޑަރ ރަޖިސްޓްރީ ފޯމް") ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

https://forms.gle/kioigXH8xFMoybHm7

09 މޭ 2024
ހޯދާ