ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ސްޓޭޓްހައުސްގެ ކޮޓަރިތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ބެހޭ

                                     ނަންބަރ: (IUL)241-B/241/2024/18

ޢިޢުލާން

 

ގއ. ސްޓޭޓްހައުސްގެ ކޮޓަރިތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ބެހޭ                     

            މިއިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. އަތޮޅު ސްޓޭޓްހައުސްގެ ފަސްޓްފްލޯގައި ހުރި ކޮޓަރިތަކާއި ފާޚާނާ ތަކުގައި ކުރަންހުރި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

19  މެއި  2024

14.00

2

ޕްރީބިޑް މީޓިންގ

23 މެއި  2024

13.00

3

ބިޑް ހުށަހެޅުން

30 މެއި  2024

13.00

             މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑަށް ފޮނުއްވުން އެދެމެވެ.

1-     ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

2-     ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

3-     ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ

          މި  މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް    60%
  • ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް    30%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ މިފަދަ މަސައްކަތްތައް ކުރިކަން އަންގައިދޭ   ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވަގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. )                       
  • ހުށަހަޅާ މުއްދަތަށް            10%

         

              މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

 

09 މޭ 2024
ހޯދާ