ދިވެހިރާއްޖެ
Moroccan scholarships for foreign students 2024/2025 |
||
ޤައުމު: މޮރޮކޯ |
ބެޗްލަރސް ޑިގްރީ ، މާސްޓަރސް ޑިގްރީ ، ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް: |
ޔުނިވަރސިޓީ ތަކާއި އެ ޔުނިވަރސިޓީތަކުގެ ކޯސްތަކުގެ މަޢުލޫމާތު https://www.amci.ma/publications މި ވެބްސައިޓް އިން ލިބެންހުންނާނެ |
ކޯހުގެ ދާއިރާ: |
|
20 ފުރުޞަތު |
ކޯހުގެ އަދަދު |
|
ބެޗްލަރސް ޑިގްރީ 1.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 2.ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 3.ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ: ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި. ނ. TOEFL 40 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4.މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. 5.މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. މާސްޓަރސް 1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2.މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. ޕީ.އެޗް.ޑީ 1.ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2.މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2.އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ. 5. އެޕްލިކޭޝަން ފޯމު. 6. މެޑިކަލް ސެޓްފިކެޓް. 7. ފަހުގެ ކުށުގެ ރިކޯޑް ( 9 މޭއި 2024 ގެ ފަހުން ދޫކޮށްފައިވާ ރިކޯޑެއް). 8. ކައުންސިލް އިން ދޫކުށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް. 9. އެޑްމިޝަން އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް. 7. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އަދި ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 9. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް. 10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާކޮށް އެފަރާތުގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
- މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. - މި ކޯސްތައް ކިޔަވައިދޭން ފެށުމުގެ ކުރިން ފްރެންޗް ބަސް ކިޔަވާދޭންވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކޯސްތަކުގެ ކިޔެވުން ހަމަޖެހިފައިވަނީ ފްރެންޗް ބަހުންނެވެ. - އިސްލާމިކް ސްޓަޑީސް ނުވަތަ ޢަރަބި ބަހާއި ލިޓްރޭޗަރ ގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ޢަރަބި ބަސް އެނގުން ލާޒިމެވެ. - މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭހަމަޖެހިފައެވެ. އަދި އެލަވަންސްއެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލަ އަށެވެ. - މި ސްކޮލަރޝިޕް ގެ ދަށުން ދަރިވަރުންނަށް މެޑިކަލް އިންސުއަރެންސް ލިބޭނެއެވެ. - މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި https://www.amci.maމި ވެބްސައިޓުން ލިބެން ހުންނާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
ސުންގަޑި: 14 މޭއި 2024 ވާ އަންގާރަ ދުވަހުގެ 10:00ގެކުރިން * ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. އެހެންކަމުން، މި އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވޭ ސުންގަޑި ކުރު ކުރަން ޖެހުނީއެވެ. |
||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |