ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ބަނޑިދޫ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ 

2024-2025 ވަނަ ތަޢުލީމީ ދިރާސީ އަހަރު ބަނޑިދޫ ޕްރީސްކޫލް ނާސަރީ އަދި ބޭބީ ނާސަރީގައި ތަޢުލީމް ހާޞިލުކުރުމަށް އެދޭ ދަރިވަރުން ބަނޑިދޫ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.

ބަނޑިދޫ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 9 މެއި 2024 ން ފެށިގެން 16 މެއި 2024 ގެ ނިޔަލަށް ބަންދޫނޫން ކޮންމެ ދުވަހަކު 10:00 ން ފެށިގެން 13:00 އަށް މިއިދާރާގެ ކައުންޓަރ އިންނެވެ.

އާއްމު އުސޫލާ އެއްގޮތްވާގޮތުގެމަތިން އެއްވެސްދަރިވަރަކު އެ ދަރިވަރަކު ހުރި ގުރޭޑްގައި ރިޕީޓްނުކުރެވޭނެކަމާއި އަދި ފޯމް ބަލައިގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ކަމުގައި ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ބޭބީ ނާސަރީއާއި ނާސަރީގައި ދަރިވަރަރުން ރަޖިސްޓާރ ކުރުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރާނަމަ އުމުރު ބެލުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.

ގްރޭޑް

2024-2025 ވަނަ އަހަރު ގްރޭޑަށް ދަރިވަރުން ރެޖިސްޓަރކުރުމުގެ އުމުރު ފުރާ

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން (ބެލެނިވެރިޔާ އެދިލައްވާނަމަ 31 މާޗް 2024 ގެ ނިޔަލަށް އުމުރު ބެލިދާނެއެވެ. އެހެންނަމަވެސް މިގޮތަށް އެންރޯލްކުރެވޭ ދަރިވަރު އެއްވެސް ގުރޭޑެއްގައި ފަހުން ރިޕީޓް ނުކުރެވޭނެކަމުގައި ދަންނަވަމެވެ.)

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

މިހެންވެ މިކަން އާއްމުކޮށްއަންގައި އިޢުލާނުކުރީމެވެ.

09 މޭ 2024
ހޯދާ