ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 01 އަހަރުދުވަހުގެ މުއްދަތަށް ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ މީހުން ހޯދުމަށްވަނީ ބޭނުންވެފައެވެ.
މަޤާމް: |
ސެކިޔުރިޓީ އޮފިސަރ |
ބޭނުންވާ ޢަދަދު: |
02(ދޭއް) |
މަޤާމުގެ ގިންތި: |
ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް) |
ޔުނިޓް: |
ކޯޕަރޭޓް އެފެއާރޒް |
މަޤާމު އޮތް އޮފީސް: |
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގދ. ރަތަފަންދޫ ކައުންސިލް އިދާރާ |
އުޖޫރަ |
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 33.65 (ތެއްތިރީސް ރުފިޔާ/ ފަސްދޮޅަސްފަސްލާރި) |
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު |
ޝިފްޓް ޑިއުޓީގެ އުޞޫލުން ކޮންމެ ދުވަހަކު 18:00 އިން 00:00 އަށް އަދި 00:00 އިން 06:00 އަށް (ކޮންމެ ހަފްތާއަކު 1ދުވަސް އޮފް ޑިއުޓީގެ ގޮތުގައި ލިބޭގޮތަށް) |
މަޤާމުގެ މަސްއޫލިއްޔަތު: |
1- ޑިއުޓީ ކުރަންފެށުމުގެ ކުރިން ކައުންސިލް އިދާރާގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން 2- ކައުންސިލްއިދާރާ ހިމެނޭ ޢިމާރާތާއި ގޯތިތެރާއި ވަށައިގެންވާ މަގުތައް ބެލެހެއްޓުން 3- ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ވަކިކަމަކަށް އިދާރާއަށް ވަނުމަށް ހުއްދަ ދީފައިވާ އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވައި އިތުރުމީހުން ނުވަތަ ބަޔަކު އިދާރާގެ ގޯތިތެރެއަށާއި އިދާރާއަށް ވަނުން މަނާކުރުން 4- ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކައުންސިލް އިދާރާގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން 5- އިދާރާގެ ޑިއުޓީ ކުރަމުންދާއިރު ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ލިޔެ ނޯޓް ކުރުމަށްފަހު ދުވަހުން ދުވަހަށް ކައުންސިލް އިދާރާއަށް ހުށަހެޅުން |
މަޤާމުގެ ޝަރުޠުތައް: |
1- ސާނަވީ ތަޢުލީމް ގްރޭޑް 7 ނިންމާފައިވުން 2- މުއާމަލާތު ކުރުމުގެ ރިވެތި އަޚްލާޤާއި ޤާބިލުކަން ހުރުން |
ހުށަހަޅަންޖެހޭ ލިއުންތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މޭ 16ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ- މެއިލްއެޑްރެހަކީ،[email protected] އެވެ.ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އެހެނިހެން ކަންތައްތައް: |
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 މޭ 23 އާއި 31 އާ ދެމެދު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. |
09 ފެބްރުވަރީ 2024