މި ކައުންސިލަށް ހައިޑްރޯލިކް ހަރުގަނޑެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި 15 މެއި 2024 (ބުދަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/uLH3S2JATjs6m9DX7
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 23 މެއި 2024 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 23 މެއި 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|