މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ޖޫން މަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2024 ޖޫން މަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- މިމަސައްކަތައް އެދި ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 މެއި 08 ން 2024 މެއި 13އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މައުލޫމާތު ދިނުން އޮންނާނީ 2024 މެއި 14 ވަނަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ސްކޫލްގައެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މާއެނބޫދޫ ސްކޫލަށް ދުރުވެ ސާފުކުރުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މެއި 19 ވަނަ ދުވަހުގެ 11:00 ގައި މާއެނބޫދޫ ސްކޫލްގައެވެ.
- މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާއެނބޫދޫ ސްކޫލް
ނައިބުތުއްތުމަގު
ދ. މާއެނބޫދޫ، ދިވެހިރާއްޖެ.
ފޯން: 6760608
އީ-މެއިލް: [email protected]
08 މޭ 2024
ހޯދާ