މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު

                                                               ނަންބަރ: (IUL)281-CA/281/2024/9

 ޢިއުލާން

 

މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު

 

              މިރަށުގެ މިސްކިތްތަކުގެ އިމާމުން / މުދިމުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން ( ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ ، ސަލާމް ޗުއްޓީ ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

 

އިމާމް/ މުދިމް

މަޤާމް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް

މަޤާމުގެ ބާވަތާއި

މުއްދަތު:

ށ. ކޮމަންޑޫ މަސްޖިދުލްރަހީމް މިސްކިތްތައް / ށ. ކޮމަންޑޫ ކައުންސިލް އިދާރާ

ވަޒީފާއަދާ ކުރަންޖެހޭ

ތަން:

- މަސައްކަތްކުރާ ގަޑިއަކަށް 61.00 (ރުފިޔާ) (އިމާމް)

- މަސައްކަތްކުރާ ގަޑިއަކަށް 53.00 (ރުފިޔާ) (މުދިމް)

މުސާރަ:

ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަސައްކަތްކުރަންޖެހޭ

ގަޑީގެ ޢަދަދު

އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ ޝަރުތުތައް:

  1. އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ވަގުތުގައި ބަންގިދިނުމާއި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  3. މިސްކިތުގެ ސާފުތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން.
  7. މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
  8. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަންއުޅޭކަން އެނގިއްޖެނަމަ މިސްކިތްތަކާބެހޭ ސެކްޝަންގެ އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  9. މިސްކިތުގެ އިމާމު އޮފީހަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމަށްކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަކަށް މިސްކިތަށް މީހަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމްގެ ޒިންމާއެކެވެ. މިގޮތަށް ހަވާލުކުރައްވާ މީހަކީ ތަޖުވީދުމަގުން ޤްރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި ރީތިކޮށް ބަންގިދޭން އެނގޭމީހަކަށް ވާންވާނެއެވެ. އަދި މިކަން އޮފީހަށްވެސް އެންގުން.
  10. އޮފީހުން އަންގައިފިހިނދެއްގައި ކޭތަނަމާދާއި، އީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމްވެކުރުން.
  11. މިނިސްޓްރީން ހުއްދަލިބިގެން މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  12. މިސްކިތްތަކާ ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެއަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  13. ކަށުކަމާކެމީގެ ކަންތައްކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ހާލަތެއްގައި(
  14. ރަސްމީ މަސައްކަތާއި ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

މަޤާމްގެ މައިގަނޑު

މަސްއޫލިއްޔަތު:

 

  

 

 

 ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި  ވާ ބުރާސްފަތި ދުވަހުގެ ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށައެޅުއްވުން އެދެމެވެ. އަދި ފޯމާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540027 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                           29 ޝައްވާލް 1445

                           08 މެއި 2024

 

 

 

 

 

 

 

08 މޭ 2024
ހޯދާ