ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހޯލް އިމާރާތުގެ ކްލާސްރޫމްތަކުގައި ހުރި ބައެއް ލަކުޑި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 މި ސްކޫލް ހޯލް އިމާރާތުގެ ކްލާސްރޫމްތަކުގައި ހުރި ބައެއް ލަކުޑި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS44/IUL/2024/10 (15 ފެބުރުވަރީ 2024) އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ، ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައި ވާނެއެވެ.

 

 ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓްކުރެއްވުމަށް 08 މެއި 2024 އިން 16 މެއި 2024 އަށް ގޫގުލް ފޯމް މެދުވެރިކޮށް މައުލޫމާތު ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

 މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މެއި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ނަންނޯޓު ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  19 މެއި 2024 ވަނަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސްކޫލުގައެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 26 މެއި 2024 ވަނަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސްކޫލުގައެވެ. މި އިޢުލާނާއެކު ބިޑް ފޯމް އަދި މައުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި ނަންނޯޓްކުރަންއެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.  

 

 

 

https://docs.google.com/forms/d/1RTRuQE-oTtayA_v3mkzo0Rg98CltuOxdZ6BnmuqTXWM/edit

 

 

 

މައުލޫމާތު ސާފުކުރެއްވުމަށް

 

ފޯން : 6860002

 

އީ.މެއިލް : [email protected]

 

08 މޭ 2024
ހޯދާ