ދިވެހިރާއްޖެ
މިކުންފުނީގެ އިއުލާން ނަންބަރު: 60ADM/2015/109 އަދި 60ADM/2015/135 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތްކުރާ ތަން |
އަސާސީ މުސާރަ |
އަދަދު |
މަޤާމު |
ހއ. ތުރާކުނު އެސް.ޓީ.އޯ ފާމަސީ |
-/3،380 ރުފިޔާ |
2 |
ފާރމަސީ އެސިސްޓަންޓް |
ހއ.ދިއްދޫ އެސް.ޓީ.އޯ ފާމަސީ |
-/5،380 ރުފިޔާ |
1 |
ޑިއުޓީ އިންޗާރޖް |
-/4،350 ރުފިޔާ |
1 |
ފާރމަސިސްޓް |
|
ހއ.ވަށަފަރު އެސް.ޓީ.އޯ ފާމަސީ |
-/3،380 ރުފިޔާ |
2 |
ފާރމަސީ އެސިސްޓަންޓް |
ހދ.ފިނޭ އެސް.ޓީ.އޯ ފާމަސީ |
-/3،380 ރުފިޔާ |
2 |
ފާރމަސީ އެސިސްޓަންޓް |
ށ.ފީވަށް އެސް.ޓީ.އޯ ފާމަސީ |
-/3،380 ރުފިޔާ |
2 |
ފާރމަސީ އެސިސްޓަންޓް |
ޑިއުޓީ އިން ޗާރޖް
މަޤާމުގެ މަސްއޫލިއްޔަތު
- ސްޓާރފުން ސުޕަރވައިޒް
- ސްޓޮކް މެނޭޖްކުރުން
- ރިޕޯޓު ތައްޔާރުކުރުން
- ދުވަހުގެ މަސައްކަތް މޮނީޓަރ ކުރުން
ތަޢުލީމާއި ތަޖުރިބާ: މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފަިވުން ނުވަތަ އެއަށްވުރެ މަތީ ފާހެއްލިބިފައިވުން
ފާމަސިސްޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބޭސް ދޫކުރުން
- ހަރުތަކުގައި ބޭސް އެތުރުން
- ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން
ތަޢުލީމާއި ތަޖުރިބާ: އެޑްވާންސްޑް ސެޓިފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން
ފާމަސިސްޓް އެސިސްޓަންޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބިލް ހެދުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
- ރެކްތަކުގައި ބޭސް އެތުރުން
- ކްރެޑިޓް ބިލް ޗެކްކުރުން
- އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ: ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސް: 1500.00 ރުފިޔާ އާއި 2500.00 ރުފިޔާ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
- މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
- ޕެންޝަން
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 6 ވަނަދުވަހު 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344368/ 3344179، ފެކްސް: 3344041، އީމެއިލް އެޑްރެސް: [email protected]