މަޤާމު:
|
ޑިރެކްޓަރ ޖެނެރަލް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
އީ.އެކްސް 5/ ޑިރެކްޓަރ ޖެނެރަލް
|
އޮފީސް/ އިދާރާ: |
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
|
ސެކްޝަން: |
- |
ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:
|
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ ބ. އޭދަފުށި
|
މުސާރަ:
|
13,890.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
2000.00 ރުފިޔާ
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ގިންތި:
|
ދާއިމީ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
- ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުންގެ ހައިސިއްޔަތުން ކައުންސިލްގެ އެންމެހައި ކަންކަމާއި ގުޅޭ ގޮތުން ދިރާސާކޮށް ކައުންސިލަށާއި ކައުންސިލްގެ ރައީސަށް އަރުވަންޖެހޭ ލަފާ އެރުވުމާއި، ކައުންސިލްގެ އިދާރާ ހިންގުން.
- ކައުންސިލުން ނިންމަވާ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުމާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އެ ކަންތައްތައް ކައުންސިލުގެ މުވައްޒަފުން މެދުވެރިކޮށް ކުރިއަށް ގެންދިއުން.
- ސިވިލް ސަރވިސް ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތަކާއި، ކޮމިޝަންގެ ލަފަޔާއި މަޝްވަރާގެމަތީން ވަޒީފާދިނުމާއި، ވަޒީފާއިންވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުވައްޒަފުންނަށް ހޯދައި ދިނުން.
- ކައުންސިލްގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިއާޔަތްކޮށް ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ކައުންސިލުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކާއި ފައިނޭންޝަލް ޕްލޭން ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް އެކުލަވާލުން.
- ކައުންސިލްގެ އިންޓަރނަލް ޕްރޮސީޖަރތަކާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި ރަށްރަށުގެ ކައުންސިލްތައް މޮނިޓަރކުރުމަށް ކައުންސިލުން އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި، ގަވާއިދުތައް އެކުލަވާލުމަށް އެހީތެރިވުން.
- އަތޮޅު ކައުންސިލް އިދާރައިން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ބެލެހެއްޓުން.
- އޭދަފުށީގައި ޤާއިމުކޮށްފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ހަރަކާތްތައް ހިންގުން.
- ސަރުކާރުގެ އިދާރާތަކާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުން މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ އެހީތެރިކަމަށް އެދޭ މައްސަލަތަކުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.
- މިނިސްޓްރީތަކުން އަތޮޅުތަކުގައި ކުރަން ހަމަޖައްސަވާ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.
- ހަމަޖެހިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަތޮޅު ކައުންސިލްގެ ފައިސާގެ މުޢާމަލާތުތައް ހިންގުން.
- ކައުންސިލްގެ ޖަލްސާތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުން.
- އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއި ތައާރުޒުނުވާގޮތުގެ މަތިން ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން ރައްޔިތުންނަށް ޚިދުމަތްދިނުން.
- އަތޮޅު ކައުންސިލުން ރާވާއިގެން ކުރިއަށް ގެންދަވާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ކައުންސިލުގެ ފަރާތުން ކުރިއަށް ގެންދަވާ އެހެނިހެން މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
- ކައުންސިލްގެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރުންޖެހޭ އެހެނިހެން ގަވާއިދުތަކާއި އުސޫލުތައް އަންގައިދީ، އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ބައްޓަންކޮށް މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސްޕަވައިޒްކުރުން.
- ކައުންސިލްގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދާ ތަމްރީނުކުރުމާއި މުވައްޒަފުން ރިޓޭން ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ކައުންސިލްގެ މަސައްކަތް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ހިންގާ ބެލެހެއްޓުން.
- ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުޞޫލު ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
- ލިބިފައިވާ ހުނަރު
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
- އިމްތިހާނު (%30)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު: 3303648)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
|
އިންޓަރވިއު،އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 މޭ 24 އާ 2015 ޖޫން 15 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް: |
- ޖުމްލަ އިންސައްތަ %35
- އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
(33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|