ދިވެހިރާއްޖެ
ޢިއުލާން
އައްޑޫ އީދި ސަމާ 1445 ހަރަކާތްތަކުގެ ފަންނާނުންގެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު ފާހަގަ ކުރުމަށް 22 ޖޫން 2024 ވާ ހޮނިހިރު ދުވަހުގެރޭ ކައުންސިލުން އިންތިޒާމްކުރާ ފަންނާނުންގެ ޝޯގައި ހަރަކާތްތައް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކާއި، އާޓިސްޓުންނާއި، ޕާފޯމްކުރުމަށް ބޭނުންވާ މިއުޒިކް ބޭންޑްތައް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ. ވީމާ، މިޝޯގައި ޕާފޯމްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް އެދެމެވެ. މިޢިއުލާނާއި ގުޅިގެން 4 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، މިޝޯގައި ޕާފޯމްކުރައްވާނެ ފަރާތްތައް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. މިހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އައިޝަތު ސުހާ 7617585 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް: https://forms.gle/P1wS1sy8d3zh13iGA
29 ޝައްވާލް 1445
08 މޭ 2024