ދިވެހިރާއްޖެ
ޢިއުލާން
އައްޑޫ އީދި ސަމާ 1445 ހަރަކާތްތަކުގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލުން
1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ޓްރެވެލް ޕާޓްނަރ، އެކޮމަޑޭޝަން ޕާޓްނަރ، ޕްރިންޓިންގ ޕާޓްނަރ، މީޑިއާ ޕާޓްނަރ، ޓެލެކޮމް ޕާޓްނަރ، ޑިޖިޓަލް ޕާޓްނަރ، ކޭޓަރިންގ ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާއިން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިޢިއުލާނާއި ގުޅިގެން ކެޓަގަރީ އަކަށް 1 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، ފުރުސަތު ދެވޭނެ ފަރާތެއް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އައިޝަތު ސުހާ 7617585 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް: https://forms.gle/bST3AySTjiEnkNye7
29 ޝައްވާލް 1445
08 މޭ 2024