ދިވެހިރާއްޖެ
މި މިނިސްޓްރީގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންނާއި، މަސައްކަތު މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ކުރެވުނު IUL)142-E1/1/2015/47) ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާ އަންދާސީހިސާބުތަކުގައިވާ ފޮތީގެ ކޮލިޓީ ކަމުނުދާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 7 މޭ 2015 ވާ ހޯމަ ބުރާސްފަތި 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެއް ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
03 ޖުމާދަލްއާޚިރާ 1436