އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ (ގްރޭޑް 1)

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް 

ޑިޕާޓްމަންޓް 

 ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ

-/4000ރ (ހަތަރު ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް  (ފިކްސްޑް): -/3300ރ.

ސަރވިސް އެލަވަންސް: 53/33ރ. (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/1500ރ  (އެއް ހާސް ފަސް ސަތޭކަ) ރުފިޔާ

ސްޕެޝަލް އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. ޖީ.ސީ.އީ އޭ.ލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން އަދި
  2. މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. ކީ މެނޭޖްމަންޓް ސިސްޓަމް އިން އެސައިންކޮށްފައިވާ އުސޫލުގެ މަތިން އޮފީސް ހުޅުވާ ލެއްޕުމާއި، މަސައްކަތު ދުވަސް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކާއި، އޮފީސް ބަންދުވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުން އަދި އޮފީހުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން ބެލެހެއްޓުން.
  2. އޮފީހުގެ ބަޖެޓާއި ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  3. އޮފީހަށް ހޯދަންޖެހޭ ޚިދުމަތާއި ތަކެތި ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކާއި މަރުހަލާތައް ފުރިހަމަ ކުރުމާއި ކޯޓޭޝަން ހޯދުމާއެކު ޕާޗޭސް އޯޑަރތައް ތައްޔާރުކުރުމާއި، އެގްރީމަންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރީމަންޓްކޮށް އެމަސައްކަތް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް އެންމެ ރަނގަޅަށް ނުވަތަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާނަމަ އޭގެ ސަބަބު ބަލާ، އެފަރާތްތަކާ ވާހަކަ ދައްކައިގެން މައްސަލަ ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރުން.
  4. އޮފީހަށް ހޯދާ ހިދުމަތާއި ތަކެތީގެ ފެންވަރު ރަނގަޅުތޯ ބަލާ ކަށަވަރުކޮށް އިތުރަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުން.
  5. ޚިދުމަތާއި ތަކެތި ހޯދުމުގެ މަސައްކަތުގައި ތައްޔާރުކުރެވޭ ލިޔުންތައް އަދި ލިބޭ ލިޔުންތައް ފުރިހަމަ ކުރުމާއި ލިޔުންތައް އެންޓްރީ ކުރުވާ ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. އަދި މި މަސައްކަތްތަކުގެ ބިލް އަންނަންވާއިރަށް އެކައުންޓްސް އެންޑް ފައިނޭންސް ޔުނިޓަށް ބޭނުންވާނެ ލިޔުންތަކުގެ ކޮޕީ އެ ޔުނިޓަށް ހަވާލުކުރުން.
  6. އޮފީހުގެ މެއިންޓެނަންސް މަސައްކަތްކުރުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން.
  7. ބިޑު ކޮމިޓީގެ އެންމެހާ އިދާރީ އަދި ސެކްރެޓޭރިއަޓް މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  8. އޮފީހަށް ހޯދަންޖެހޭ ޚިދުމަތާއި ތަކެތި ހޯދުމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ވެންޑަރ އަދި އެސެޓް ރަޖިސްޓަރކުރުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

    (ހ) ޖީ.ސީ.އީ އޭ.ލެވެލް ސެޓްފިކެޓް ކޮޕީ، 

    (ށ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާ ފެންވަރުގެ ސަނަދެއް ރާއްޖެއިން ބޭރުން ޙާސިލްކޮށްފައިވާނަމަ އެ އޮތޯރިޓީގެ ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ނ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަކި ފަރާޔަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މިއޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން. 

6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު ޖުމްލަ 10 ކެޑިޑޭޓުންނަށްވުރެ އިތުރުވާނަމަ، ޓްކްނިކަލް އެސެސްމަންޓެއް ދެވޭނެވެ.
  3.  ޓެކްނިކަލް އެސެސްމަންޓް ދެވިއްޖެނަމަ، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ދެވިފައިވާ އެސެސްމަންޓްތައް (އެސެސްމަންޓް ދެވިފައިވާނަމަ) އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމްއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

14 މެއި 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.

07 މޭ 2024
ހޯދާ