ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އައި.ވީ.ބީ ކޯޗަރސް ކޯސް ލެވެލް 2

އެފް.އައި.ވީ.ބީ ކޯޗަރސް ކޯސް ލެވެލް 2

 

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހުންނަ FIVB ޑެވެލޮޕްމަންޓް ސެންޓަރުގައި 2024 ޖުލައި 23 އިން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ FIVB COACHES COURSE Level 2 ގެ ކޯހުގައި މީހުން ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވެއެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ގަސްދުކުރައްވާ FIVB Level 1 ފުރިހަމަކޮށްފައިވާ (ކޯސް ފުރިހަމަކުރިތާ   މަދުވެގެން 2 އަހަރުވެފައިވާ އަދި ލެވެލް 2 ގެ ކޯސް ފެށުމާ ހަމައަށް 5 އަހަރު ވެފައިނުވާ) ފަރާތްތަކުން ތިރީގައިވާ ލިއުންތައް [email protected] އަށް 2024 މެއި 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ.

1-     ހުށަހަޅާ ފަރާތުން ކޯހުގައި ބައިވެރިވުމަށް ފޮނުވާ ސިޓީ

2-     ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

3-     ހުށަހަޅާ ފަރާތުން ފުރިހަމަކޮށްފައިވާ ލެވެލް 1 ގެ ކޯހުގެ ސެޓްފިކެޓްގެ ކޮޕީއެއް

4-     ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް

5-     ހުށަހަޅާ ފަރާތުގެ ޕާސްޕޯޓުގެ ޑާޓާ ޕޭޖްގެ ކޮޕީއެއް

6-     ހުށަހަޅާ ފަރާތުގެ ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއް

FIVB COACHES COURSE Level 2 ގެ ކޯހުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު 2024 މެއި 19 އާއި 22 އާއި ދެމެދުގެ ތާރީޚެއްގައި ބޭއްވޭނެއެވެ. އަދި އެ އިންޓަރވިއުގައި، ކޯހާގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

07 މޭ 2024
ހޯދާ