މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފުނަދޫން ގޯތިދޫކުރުމަށްޓަކައި ކޮމެޓީ އެކުލަވާލުން

މިއިދާރާގެ ނަންބަރ  (IUL)283-PS/283/2024/15 (27 މާރޗް 2024) އިޢުލާނަށް އެއްވެސް ފަރާތަކުން ނަން ހުށައަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށްފީމެވެ. އަދި "ށ. ފުނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މިކައުންސިލުގެ 4 ވަނަ ދައުރުގެ 136ވަނަ ޢާންމު ޖަލްސާއިން، 7 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވެއެވެ.

ވީމާ، މިކޮމެޓީގައި ޢާންމުންގެ ތެރެއިން 2 މެމްބަރުން ހިމެނުމަށް ނިންމާފައިވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 09ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

06 މޭ 2024
ހޯދާ