ދިވެހިރާއްޖެ
ގއ.އަތޮޅު ތައުލީމީ މަރުކަޒު ގއ. ވިލިނގިލި, ދިވެހިރާއްޖެ ނަންބަރު: : GS05-C/IUL/2024/03
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކެންޓީން ހިންގުން
މި މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ކެންޓީން ހިންގާނެ ފަރާތެއް ބޭނުންވާތީވެ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 7 މޭ 2024 ން 13 މޭ 2024 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. 2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. 3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 މޭ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. 4. ބިޑް ހުޅުވުން އޮންނާނީ 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންގ ރޫމްގައެވެ. 5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒު ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ. ފޯން: 6820029 އީ-މެއިލް: [email protected] ކޮޕީ އީ-މެއިލް: [email protected]
1445 J 28 07 މޭ 2024 |