ދިވެހިރާއްޖެ
މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ ދައުވަތު
ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށް ސަރުކާރާއި، އަދި މިކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާ ބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ތިން ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.
ވީމާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމުގައި ލިކުއިޑޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ކޮންފަރެންސްރޫމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މޭ 2015ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.