|  1. ސްކޫލްގައި އައިޓީ ދާއިރާއިން ކުރަމުން އަންނަ ކަންތައްތައް ކުރެވޭ ފެންވަރު ބަލައި އިސްލާޙު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އިސްލާޙު ކުރުން. 2. ސްކޫލްގެ ކޮމްޕިއުޓަރ ވިއުގަ،ސޮފްޓްވެއަރ އެޕްލިކޭޝަން އަދި ވެބް ސައިޓް ޒަމާނަށް ފެއްތުމުގެ ގޮތުން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. 3. ސްކޫލްގެ ކޮމްޕިއުޓަރތަކާ އިންޓަރނެޓްގެ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ،އެމައްސަލައެއް ހައްލުކުރުމާއި އަދި ކޮމްޕިއުޓަރުތައް ފޯމެޓް ކުރަން ޖެހިއްޖެނަމަ ފޯމެޓް ކުރުން. 4. އައިޓީއާ ގުޅުންހުރި ތަކެތި ހޯދުމުގައި އެހީތެރިވެ އަދި ލަފާ ދިނުން 5. ސްކޫލް ކުދިންގެ ޓެބުލެޓް ކޮންފިގަރ ކުރުމާއި އެތަކެތި މެނޭޖު ކުރުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން. 6. ސްކޫލްއިން ބާއްވާ މީޓިންގ ތަކުގައި ބޭނުންކުރާ ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން. 7. ސްކޫލްގައި ސަރވަރ،ކޮމްޕިއުޓަރ،ޕްރިންޓަރ،ސްކޭނަރ ފަދަ ތަކެތި ހުރިމިންވަރުބަލައި އެތަކެތި ބޭނުން ކުރެވެމުންދާގޮތް ބެލުން. 8. ސިސްޓަމް އަޕްޓޭޑްކުރުމާއި ދުވަސްވީ ސިސްޓަމްތައް ބަދަލުކުރުމުގެ މަސައްކަތް ކުރުން. 9. ސްކޫލްގެ ސައުންޑް ސިސްޓަމް. ޕީއޭ ސިސްޓަމް،ބެލް ސިސްޓަމް ، ސްކޭނަރ ، ޕްރިންޓަރ ، ކޮމްޕިއުޓަރ އަދި މިނޫނަސް ސްކޫލްގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލަތް ބެލެހެއްޓުން އަދި މިތަކެތީގެ އެންޓްރީ ބެލެހެއްޓުން. 10. ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒަފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒަފިހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން. 11. އެކިއެކި އިވެންޓްތަކާއި ގުޅިގެން ރެކޯޑިންގ ހަދަންޖެހޭ އެއްޗެހި ރެކޯޑް ކުރުން. 12. ސްކޫލްގެ އައިޓީ އާއި ގުޅޭ އެއްމެހައި ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. 13. ސްކޫލްގެ އިދާރީ އަދި ކިޔަވައި ދިނުމުގެ ކަންކަމުގައި އައިޓީ އާއި ގުޅުންހުރި ކަންކަމުގައި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން. 14. މަރާމާތް ކުރަންޖެހޭ އެއްމެހައި އައިޓީއާއި ގުޅޭ ތަކެތި މަރާމާތްކުރުން، އެކަން ނުކުރެވޭ ހާލަތްތަގައި ޕްރޮކިއުމެންޓް އާއި ގުޅިގެން ބޭރުން މަރާމާތް ކުރުން. |