އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ މަސްޖިދުލް ޣުފްރާންގެ ދޮރުތައް ބަދަލުކުރުމާއި ކުލަ ދަވާދުލުން

އއ. ފެރިދޫ މަސްޖިދުލް ޣުފްރާންގެ ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމާއި ކުލަ ދަވާދުލާން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން 13 މޭ 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ރަޖަބު 1436

29 އޭޕްރިލް 2015
ހޯދާ