ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2024/14
ޢިޢުލާން
އަތޮޅުކައުންސިލްގެ އޯކިޑް ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގައި ބޭނުންކުރަމުންދާ ( ގަލްފް ކްރާފްޓް – ޓުއަރިން 36 ގެ ) އޯކިޑް ލޯންޗްސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ 500000.00 ( ފަސްލައްކަ ) ރުފިޔާ އެވެ.
ވީމާ ، އޯކިޑްލޯންޗް ބައްލަވައި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 މެއި 2024 ގެ ނިޔަލަށް އަގު ހުށަހެޅުއްވުން އެދެމެވެ. އެދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އަތޮޅު ކައުންސިލްގެ ވެއިންޓިންގ އޭރިޔާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން އެއްއަގެއް 3 ދުވަސް ވަންދެން އޮވެއްޖެނަމަ އެ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލެވެނޭއެވެ. ނީލަން ފެށޭ އަގަށް ފަހަރަކު އިތުރުކުރެވޭނީ 1500.00 ( ފަނަރަސަތޭކަ ) ރުފިޔާ އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ލިއުމުންމިކައުންސިލްގެ އިދާރާއަށެވެ. ސިޓީލާ ނީލަމުގައި ވިއްކަން ހަމަޖެހިފައިވާ އޯކިޑް ލޯންޗް ބައްލަވާ ލެއްވުމަށް ބޭނުންވާ ފަރާތްތަކަށް ލޯންޗް ބެލޭނެ އިންތިޒާމް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހަމަޖައްސައިދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
27 ޝައްވާލް 1445 ހ.
06 މެއި 2024 މ.