ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ކިނބިދޫ މަސްޖިދުއްސިޔާދާ މިސްކިތާއި މަސްޖިދުލް ޢާއިޝާ މިސްކިތުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މަސްޖިދުލް ސިޔާދާ މިސްކިތުގައި ކުރަންހުރި މަސައްކަތްތައް
1- މިސްކިތުގެ އެތެރޭގެ ފާރުތަކުގައި އުވަކޮށައި ތަށިމުށި ޖެހުން
2- ފަންކާތައް ނަށްޓައި އައު ފަންކާ ހަރުކުރުން އަދި ފަންކާތަކަށް ކަރަންޓް ވައިރު އެޅުން
3- މިސްކިތުގެ ބޭރު ހުޅަނގުފަރާތު ފާރުގެ ހަލާކުވެފައިވާ ބެރި މަރާމާތުކޮށް ރަނގަޅުކުރުން
4- މިސްކިތުގެ ފެންޑާއަށް ވަންނަ ތަނުގައި ބަލިމީހުންނަށް އަރަން ފަސޭހަކުރަން ދަގަނޑުހޮޅިން ސަޕޯޓެއް ހަރުކުރުން .
5- މިސްކިތުގެ އަންހެނުން ނަމާދުކުރާބައިގެ ފެންޑާއަށް ވާރޭފެން ނުވިއްސާނެގޮތެއް ހެދުން
6- މިސްކިތުގެ މަގުފާރުގެ ދެފަރާތުން އުވަކޮށައި ސިމެންތިޖެހުން
- މަސްޖިދުލް ޢާއިޝާ މިސްކިތުގައި ކުރަންހުރި މަސައްކަތްތައް
1- ޢާއިޝާ މިސްކިތުގެ އުތުރުފަރާތާއި ހުޅަނގު ފަރާތުގެ ދިޔަދޮވި ބަދަލުކުރުން
މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ކުރީގެ 10:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު
- މަސައްކަތުގެ އަގަށް %80 (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 80x)
- މުއްދަތަށް % 10 (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 10x)
- މާލީ ތަނަވަސްކަން % 05 (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް ކޮންމެ މަހެއް ވަކީން ބޭންކުގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 5x ބަލައި އެވްރެޖް ހޯދުން)
- ތަޖުރިބާއަށް % 05 (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާނަމަ އެމަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުންތައް ހުށަހެޅުމުން އެލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަޖަބު 1436