ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަންދާސީހިސާބު ބޭނުންވެއްޖެ

1         މިސްކޫލުގެ ގްރޭޑް 1 ގެ ކުލާސްރޫމްގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)GS86/2024/03 (28 ޖަނަވަރީ 2024) އިޢުލާނާ (1 ވަނަ އިޢުލާން) ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް، މިސްކޫލުގެ ގްރޭޑް 1 ގެ ކްލާސްރޫމްގައި ކުރަންހުރި ބައެއް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2        މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 މޭ 06 ން 2024 މޭ 14 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން،ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މޭ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 މޭ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައި މިސްކޫލްގައެވެ.

6        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މޭ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުރާކުނު ސްކޫލް

ހއ. ތުރާކުނު، ދިވެހިރާއްޖެ

ފޯން: 6500547

އީ-މެއިލް: [email protected]

06 މޭ 2024
ހޯދާ