ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
06 މެއި 2024
|
ނަންބަރު:
|
(IUL)168-CA/1/2024/48
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް
|
މަޤާމު:
|
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/10,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
|
ޝަރުޠު:
|
- މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ )މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު( ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ،
- މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަނުގެ މުވައްޒަފުން އިންސާނީ ހައްޤުތަކަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ދެނެގަނެ ކޮންމެ ދެއަހަރަކުން އެއްއަހަރު ޓްރެއިނިން ނީޑް އެނަލިސިސް ތައްޔާރުކޮށް، މިފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ކުރުން.
- ކޮމިޝަނަށްލިބޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތަކަށް މުވައްޒަފުން ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކޮންމެ 2 އަހަރުން 1 އަހަރު މުވައްޒަފުންގެ ކެޕޭސިޓީ ޑިވަލޮޕްމަންޓް ޕްލޭން އެކުލަވާލާ މިޕްލޭންގެ ދަށުން މުވައްޒަފުންގެ ކެޕޭސިޓީ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިވުން.
- ކޮމިޝަނުން މުވައްޒަފުން ބިނާކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށްފަހު، އެ މުވައްޒަފެއް ނުވަތަ މުވަޒަފުން ކޮމިޝަންގެ މަސްޢޫލިއަތުތައް އަދާކުރުމަށް ބޭނުންހިފިދާނެ ގޮތްތައް ރާވައި، ދޭންޖެހޭ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުމަށް ޑިރެކްޓަރާއި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވެދިނުން.
- މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމަށް މުވައްޒަފުން އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައްކޮށް، މިނިޒާމް ހަރުދަނާކޮށް، މި ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮންމެ ތިން އަހަރަކުން އެއްފަހަރު ކޮމިޝަންގެ މުވައްޒަފުންގެ މަޤާމުގެ އޮނިގަނޑަށް ބަދަލުގެންނަންޖެހޭތޯ ބަލައި މަޤާމުގެ އޮނިގަނޑާ ބެހޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިވުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޛުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ވަޒީފާތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގެ ސުންގަޑި ހަމަވުމުން، އެކުލަވާލާފައިވާ ޝެޑިއުލާ އެއްގޮތަށް މުވައްޒަފުން ނެގުމުގެ އެންމެހައި ކަންތައްތައް ކުރުމާއި، މަޤާމުތަކާ ގުޅުންހުރި ލިޔެކިޔުންތައް ފަސޭހައިން ފެންނާނެ އިންތިޒާމް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހަމަޖެއްސުން.
- ކޮމިޝަނުގެ މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ މައްސަލަތައް ހުށަހެޅުމުގެ ނިޒާމް (ގްރީވަންސް މެކޭނިޒަމް)ގެ އެންމެހައި މަސައްކަތް ޑިރެކްޓަރުގެ ލަފާގެމަތިން ކުރިއަށް ގެންދިއުން،
- މުވައްޒަފުންނާ ގުޅުންހުރި އެކިއެކި ޕޮލިސީތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތައްޔާރުކުރުން.
- ކޮންމެ އަހަރަކު އެއްފަހަރު ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޝަނެއް ހެދުމުގައި ސީނިއަރ ހިއުމަން ރިސޯސް އޮފިސަރަށް އެހީތެރިވުން.
- މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް ހިއުމަން ރިސޯސް ސިސްޓަމް ބެލެހެއްޓުން،
- އެކި ކަންތައްތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ނަސޭހަތާއި އިންޒާރުގެ ރެކޯޑްތައް ބެލެހެއްޓުން،
- މިނިސްޓްރީ އޮފް ފިނޭންސްއިން ޤާއިމްކޮށްފައިވާ ސެޕް ސިސްޓަމްގައި، މުވައްޒަފުން ސްޓޭޓަސް އަޕްޑޭޓް ކުރުން.
- ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވެގެން ނުވަތަ އެކިއެކި ފަރާތްތަކަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ޙަވާލުކުރުން،
- މުވައްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓެމުންދަނީ އުސޫލާއި އެއްގޮތަށްތޯ ބެލުމާއި، ޗުއްޓީއަށް ބޭނުންވާ ލިޔެކިއުންތައް ޗެކްކުރުން.
- މުވައްޒަފުންގެ މުސާރަ ޝީޓްތައް ޗެކް ކުރުން، އަދި މުވައްޒަފުންގެ މުސާރަ ހަދާ މުވައްޒަފު/މުވައްޒަފުން ނެތް ހާލަތްތަކުގައި މުވައްޒަފުންގެ މުސާރައިގެ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ އުސޫލެއްގެ މަތިން މަހުން މަހަށް ކޮށް ނިންމުން.
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
ސުންގަޑި:
|
2024 ގެ މެއި 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
|