ދިވެހިރާއްޖެ
ފަޔަރ ޓްރެއިނިންގ ސެންޓަރ ގާއިމް ކުރުމަށް ބިން ކުއްޔަށްދިނުން
ކޮޅުމަޑުލު ތިމަރަފުށީ ބަނދަރުގެ އުތުރުގައިވާ ހުސްބިމުން، އެއަރޕޯރޓާށްދާމަގުގެ އަރިމަތިން ސުރުހީގައިވާ ބޭނުމަށް ބިމެއް ކުއްޔަށްދިނުމަށް ނިމިފައިވެއެވެ. ވީމާ،މިކަމާބެހޭ ގޮތުން މަޢލޫމާތުދިނުމުގެބައދަލްވުމަށް 15މެއި2024 ދުވަހުގެ މެންދުރުފަހު 13.00 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއިން ދޫކުރާ "ބީލަމުގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމާއެކު، 26 މެއި 2024 ދުވަހުގެ13:00 ގައި މިއިދާރާއަށް ދުރުވެ، މިއިދާރާއަށް އެފަރާތުގެ "ބިޑްފޯރމް" ހުށަހެޅުއްވުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
ބިމުގެ ނަންބަރު |
ކުއްޔަށްދޭ ބޭނުން |
ބިމުގެ ބޮޑުމިން (އަކަފޫޓުން) |
ބިން ކުއްޔަށްދޭ މުއްދަތު |
ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް) |
1 |
ފަޔަރ ޓްރެއިނިންގ ފެސިލިޓީ ޤާއިމްކުރުން |
3000 |
15 އަހަރު |
0.50 ރުފިޔާގެ ރޭޓުން |
ބިމާ ބެހޭ އިތުރުމަޢުލޫމާތު
މި ބިމާ ބެހޭ އިތުރު މައުލޫޟާތު ހިމއެނޭ ރަށުގެ ޝާޓަކާއި ސަރަޙައްދުގެ ޝާޓެއް މި އިޢުލާނާ އެކުގައި (މިންތަކާ އެކު)
އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
މިބިމަށް އެދި ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީވާ ފޯމް އަދި ފޯމާއެކުގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 މެއި 2024 ދުވަހުން ފެށިގެން 25 މެއި 2024 ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (REVENUE 1) އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލްއެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ފަޔަރޓްރެއިނިން ފެސިލިޓީ ބިން" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމުގައިބައިވެރިވުމަށް ބާއްވާމަޢުލޫމާތު ދިނުމުގެބައްދަލްވުމުގައި ބައިވެރިނުވިކަމުގައިވިނަމަވެސް ،ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް ފައިސާދައްކާފައިވާފަރާތްތަކަށް ބިޑް ހުށަހެޅޭނެއެވެ.ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 20 މެއި 2024 ދުވަހުގެ 14:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ. މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 25 މެއި 2024 ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ލ ފަޔަރޓްރެއިނިން ފެސިލިޓީ ބިން" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 26 މެއި 2023 ދުވަހުގެ13:00 ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.