ދިވެހިރާއްޖެ
ނަންބަރު: (IUL)337/337/2024/34
އިޢުލާން
ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ތާންގި ނީލަން ކިޔުމާއި ގުޅޭ!
ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ތާންގި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު: (IUL)337/337/2024/28 އިޢުލާން އާއި ގުޅިގެން ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ. ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮތް ބައުވެ ހަލާކުވެފައިވާ ދަގަނޑު ފެންތާންގި ނީލަން ކިޔުން 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 16:00ގައި ކުރީގެ އިސްލާޙިއްޔާ ސަރަޙައްދުގައި އޮންނާނެއެވެ. ނީލަން ފެށޭ އަގަކީ -/5000 (ފަސްހާސް) ރުފިޔާއެވެ. ނީލަން ފެށުމަށްފަހު ހުށަހެޅޭ އަގަށް އިތުރުކުރެވޭނީ ފަހަރަކު -/50 (ފަންސާސް) ރުފިޔާއަށްވުރެ ކުޑަ ނޫން އަދަދެކެވެ.
ނީލަމުން ތާންގި ނަންގަވާ ފަރާތަށް ތާންގި ހަވާލުކުރެވޭނީ، 24 (ސައްވިސް) ގަޑިއިރު ތެރޭގައި ތާންގީގެ އަގު މިކައުންސިލަށް ދައްކަވާ ޚަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކަވާތާ 07 (ހަތް) ދުވަހުގެ ތެރޭގައި ތާންގި އެސަރަޙައްދުން ގެންގޮސް ތަން ހުސްކުރަން ވާނެއެވެ.
ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ.
26 ޝައްވާލް 1445
05 މޭ 2024