މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހަވާލުކުރުން

ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2024/15 އިއުލާނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ބ.ވިލިގިނލިފަރު ފިނޮޅު (73° 01' 55'' E - 5° 10' 55'' N) އަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ކުރި ފަރާތަށް، 01 މެއި 2024އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ވަނީ ހަވާލުކުރެވިފައެވެ.

ހަވާލުކުރެވުނު ފަރާތް

ގުޅޭނެ ނަންބަރު

އީމެއިލް އެޑްރެސް

މުހްދިން އާމިރު، މއ. ފްރީޕާކް / މާލެ

9607778139+

[email protected]

ވީމާ، ބ.ވިލިގިނލިފަރު ފިނޮޅަށް އެރުމާއި ބޭނުންކުރަންވާނީ، އެފަރާތުގެ ހުއްދަ ހޯދުމަށްފަހުކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

05 މޭ 2024
ހޯދާ