ލ. ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަށް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލުން
|
މަޤާމު:
|
މަސައްކަތު
|
މަޤާމުގެ ގިންތި:
|
ވަގުތީ(1 އަހަރު ދުވަހަށް)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލ. ގަމުގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް
|
މަސައްކަތުގެ އުޖޫރަ:
|
- މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 75.00 ރުފިޔާ.
- މި މަސައްކަތަކީ ވޭޖު އުސޫލުންކުރާ މަސައްކަތަކަށްވާތީ މި މަސައްކަތުގެ އުޖޫރަދެވޭނީ ހާޒިރުވެ މަސައްކަތްކުރާ ކޮންމެ ގަޑިއަކަށްވާ މިންވަރަށް. ވީމާ، ސަލާމް/އާއިލީ ޒިންމާ ބުނާ ދުވަސްދުވަހަށް އުޖޫރައެއް ނުދެވޭނެ.
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
- ރަސްމީ ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 2 ގަޑިއިރު އަދި ހަވީރު 2 ގަޑިއިރު. ("ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.)
- މަސައްކަތުގައި ހޭދަވާ ގަޑީގެ އަދަދު ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- · ދިވެހި ރައްޔިތެއްކަމުގައިވުން / އެހެން ޤައުމެއްގެ ރައްޔިތެއްނަމަ އެފަރާތަކީ ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވާންވާނެއެވެ.
- · އުމުރުން 18 އަހަރު ފުރިފައިވުން
- · މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް އަންގައިދޭފަދަ ލިޔުމެއް.
|
ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް:
|
- ޕޫލްގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށްފަހު ރަޖިސްޓްރީވުމަށް ހާއްސަ ކުރެވިފައިވާ ޝީޓްގައިވާ މަޢުލޫމާތު ފުރިހަމަކޮށް ސޮއިކުރުން.
- ޕޫލްގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ބަލައިގަތުމާއި ރަޖިސްޓްރީ ޝީޓްގައި ނަންނޯޓްކުރުން ކުރިއަށްދާނީ 06 ޖޫން 2024 ގެ 14:00ގެ ނިޔަލަށް މުނިސިޕަލް ޝެކުޝަނުގައި.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ.
|