މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާ ގުޅޭ

'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވާރކް' އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރާނޭ ގޮތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށް އެކުލަވާލާފައިވާ 'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވާރކް' އިފްތިތާޙު ކުރުމުގެ ގޮތުން 15 ޖޫން 2015 ވާ ހޯމަ ދުވަހު ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ކުރިއަށް އޮތް 10 އަހަރު (2014 – 2024) މޫސުމަށް އަންނަ ބަދަލުތަކަށް ސަރުކާރުން އަދި ރައްޔިތުން ޢަމަލުކުރާނޭ ގޮތްތައް އެކުލަވާލައި ސިޔާސަތުތައް އިފްތިތާޙު ކުރުމުގެ ގޮތުން ސަރުކާރުގެ އިސްވެރިންނާއި ކަމާބެހޭ އެންމެހާ ފަރާތްތައް ހިމަނައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދޮޅުގަޑިއިރުގެ ރަސްމިއްޔާތެކެވެ.

ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލު ތައްޔާރުކޮށްދޭ ފަރާތުން ތިރީގައިވާ ކަންތައްތައް ހަމަޖެއްސުމަށް ބޭނުންވޭ

  • ޙަފުލާއާ ގުޅޭ 'ތީމް' ކޮންސެޕްޓެއް ކަނޑައެޅުން
  • ބެކްޑްރޮޕްއާއި ބެނަރ ފަރުމާކުރުމާއި، ޕްރިންޓްކުރުން އަދި ޙަފުލާ ބާއްވާ މާލަމުގައި ހަރުކުރުން
  • އިތުރަށް ޒީނަތްތެރި ކުރުމުގެ ގޮތުން ލައިޓު ސެޓް ކުރުން
  • ޙަފުލާގައި އިވެންޓު މެނޭޖުކުރުމުގެ މަސައްކަތް
  • އަދި ޙަފުލާއާ ގުޅިގެން ހިނގާ އެހެނިހެން ހަރަކާތްތައް

ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލު ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާނޭ ތަފުސީލު އަދި ކަމާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މި މިސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ތިރީގައިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018300

ފެކްސް:3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

04 މޭ 2015
ހޯދާ