މަޤާމު:
|
ސީނިއަރ ލެބޯޓްރީ ޓެކްނީޝަން (ސިސްކޯ)
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް
|
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
|
ޑިޕާޓްމަންޓް:
|
އެޑްމިން
|
ސްޕައިން ޕޮއިންޓް:
|
27
|
ގްރޭޑް:
|
5
|
މުސާރަ:
|
މަހަކު 7,835.52 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,358.08ރުފިޔާ
|
އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ޖިމް ފެސިލިޓީ
|
މަގާމްގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހެޑް އޮފް ޑިޕާރޓްމަންޓް އަދި ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ހެޑްގެ ލަފާގެމަތިން އެކަޑަމީގެ ހަރަކާތްތައް ރާވާ ހިންގުން
- ހެޑް އޮފް ޑިޕާރޓްމަންޓް އަދި ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ހެޑްގެ އިރުޝާދުގެ ދަށުން ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީގައި ކުރަންޖެހޭ މަސައްކަތް ކުރުން
- ލެބޯޓްރީގައި ބޭނުންކުރާ އިކްއިޕްމަންޓްތަކާއި ޑިވައިސްތައް ޤަވާއިދުން ދުވަހުން ދުވަހަށް ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން
- ދަރިވަރުންގެ ޕްރެކްޓިކަލް ސެޝަންތަކަށް އިކްއިޕްމަންޓްތަކާއި ޑިވައިސްތައް ސެޓްކޮށް ކޮންފިގަރޭޝަން ހެދުމާއި އަދި ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީ ޕްރެކްޓިކަލް ސެޝަންއާއި އެއްގޮތަށް ތައްޔާރުކުރުން
- ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ކޯސްތަކުގެ ޕްރެކްޓިކަލް ސެޝަންތައް ކުރިޔަށްގެންދިއުމަށް ލެކްޗަރަރ އަށް އެހީތެރިވެދިނުން
- ޕްރެކްޓިކަލް ސެޝަންތައް ނިމުމުން އިކްއިޕްމަންޓްތަކާއި ޑިވައިސްތައް، އެހެން މާއްދާތަކުގެ ކުލާސްތައް ކުރިޔަށް ގެންދެވޭނެގޮތަށް ނޯމަލް ކޮންޑިޝަން އަށް ގެނައުން
- ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ޤަވާއިދުން ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް މުރާޖާކޮށް އަޕްޑޭޓްކުރުން
- ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދާއި އެއްގޮތަށް ސިސްކޯ ނެޓްވޯރކިންގ ލެބޯޓްރީއަށް ހޯދަން ބޭނުންވާ އިކްއިޕްމަންޓްތަކާއި ޑިވައިސްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި އަދި މިތަކެތި ހޯދުމަށް ޔުނިވަރސިޓީގ ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން
- ސިސްކޯ ނެޓްވޯރކިންގ އެކަޑަމީން ހިންގާ ކޯސްތައް ޕްރޯމޯޓް ކުރުމަށް ފެކަލްޓީއަށް އެހީތެރިވެ އަމަލީގޮތުން އެކަމުގައި ބައިވެރިވުން
- ފެކަލްޓީއިން ހިންގާ އައި.ޓީ އާއި ގުޅުންހުރި ޝޯޓް ޓާމް / ޕްރޮވެޝަނަލް ޑިވޮލޮޕްމަންޓް ކޯސްތަކަށް އިދާރީ މަސައްކަތްތަށް ކުރުން
- ސިސްކޯ ނެޓްވޯރކިންގ އެކަޑަމީގެ ބައްދަލުވުންތަކުގައި ބައިވެރިވުން
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކާއި ބެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ބެލެހެއްޓުން
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2024 މޭ 12 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2024-81
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
ނޯޓް:
|
- މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން، މި ދާއިރާތަކެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަންބަރު ފޯނަށެވެ.
|