ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ޕްރީ ސުކޫލުގެ ފާހާނާ ދޮރު އަދި ގުދަން ދޮރު ބަދަލު ކުރުމާއި ފާހާނާ ތަށި އަދި މޫނުދޮންނަ ތަށި ބަދަލުކުރުން

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު                 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީސްކޫލަށް ފާހާނާ ތަށި އަދި މޫނު ދޮންނަ ތަށި ހޯދާ ހަރުކުރުމާއި، 2 އެލްމިނިއަމް ދޮރުޖަހައި ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މެއި 08 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

05 މޭ 2024
ހޯދާ