ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް: މަސައްކަތު |
||
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
||
މަޤާމުގެ ރޭންކް: އެސް އެސް 1 |
||
މަޤާމުގެ ގިންތި: ދާއިމީ |
||
އޮފީސް: ރ. ކިނޮޅަހު ސްކޫލް |
||
ސެކްޝަން: އެޑްމިން ސެކްޝަން |
||
ބޭނުންވާ އަދަދު: 2 (ދޭއް) |
||
މުސާރަ: 3100.00 ރުފިޔާ |
||
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ |
||
އެހެނިހެން އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ބަންދު ދުވަސްތަކުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ، ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ. |
||
މަޤާމުގެ ޝަރުޠު: |
||
މަޤާމުގެ މަސްއޫލިއްޔަތު: 1. ސްކޫލުގެ ގޯތިތެރެއާއި ކްލާސްރޫމްތައް ކުނިކަހައި ސާފުކުރުން. 2. ސްކޫލުގެ އިމާރާތްތަކުގެ ދޮރާއި ދޮރުފަތްތަކުގެ ބިއްލޫރިތަކާއި، ފަރުނީޗަރުތައް ފޮޅައި، ސާފުކުރުން. 3. ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކުރުން. 4. އެކިފަރާތްތަކަށް ސްކޫލުން ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ހަވާލުކުރުން. 5. އިމްތިޙާންތަކަށް ހޯލް ތައްޔާރުކުރުން. 6. ސްކޫލުގެ އެކިއެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން. 7. ސްކޫލުގެ ދިޔަދޮވިތަކާއި ބޯފެންއަޅާ ހަންތައް ސާފުކޮށް ބެލެހެއްޓުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ބޭނުންވާ ސިފަތައް |
||
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމް، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.) 2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤް ހުރިނެތްގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް. 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތް ސާފުކޮޕީ. 6. ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ- މެއިލް އެޑްރެހާއެކު) |
||
އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު: |
||
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ވަގުތު: |
||
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580360 ނަންބަރު ފޯނަށް ނުވަތަ ނުވަތަ 7911711 ނަންބަރު ފޯނަށެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. |
މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
9 ރަޖަބު 1436