މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާނެގުމާއި ކުރަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު   

           ބ. ތުޅާދޫގައި ލާނެގުމާއި ކުރަހަން ދަސްކޮށްދޭ ކޯހެއް ހިނަގައިދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު  (IUL)321-A/321/2024/57(20 މާރިޗު 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، 2 ވަނަ ފަހަރަށް މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

           ބީލަން ހުށަހެޅުމަށް 2024 މޭ 05 ން 2024 މޭ 12 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

           "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

             އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރުން:

            މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 މޭ 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

   ޕްރޮކިއުމަންޓް ޔުނިޓް

   ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

   ފޯން:  6600043

   އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

             ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 މޭ 16 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

             ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

05 މޭ 2024
ހޯދާ