މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާޞަބާ ކުލަގަދަކޮށް ފާހަގަކުރުން
- 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާޞަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ކައުންސިލުން ހިންގަންބޭނުންވާ ހަރަކާތްތައް އިންތިޒާމްކޮށް ހިންގުމާއި އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 5މޭ 2024 ން 9މޭ 2024 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، ވެބްސައިޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2003/1) ގެ ދަށުން ޖަމްޢިއްޔާ ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 13 މޭ 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
05 މޭ 2024
ހޯދާ